ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކާރަކާއި ސައިކަލެއްޖެހި ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަސުރުމާ ހި...

05 Jul 2015 | 16:57

ކާރަކާއި ސައިކަލެއްޖެހި ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަސުރުމާ ހިނގުން، 133 ނަމަބަރު ފްލެޓް ކައިރިން ކަމަށެވެ. އަދި މި އެކްސިޑެންޓާއި ގުޅިގެން ބަޔަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެކްސިޑެންޓް ވިއިރު ސައިކަލުގައި ތިބީ ދެމީހުން ކަމަށާއި އެ ދެމީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ލިބޭގޮތެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް