ބޫޓާން އަތުން މޮޅުވެ، ފަސްވަނައިގައި އޮވެ ރާއްޖެއިން މުބާރާތް ނިންމާލައިފި

ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ބާސްކެޓް ޓީމު ކުޅުނު ފަހު މެޗުގައި ބޫޓާން އަތުން މޮޅުވެ, ފަސްވަނަ މަގާމު ހޯދައިފި އެވެ. މިއަދު ހަވީރު ކުޅުނު މިމެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވީ 97-55 ޕޮއިންޓުންނެވ...

05 Jul 2015 | 16:38

ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ބާސްކެޓް ޓީމު ކުޅުނު ފަހު މެޗުގައި ބޫޓާން އަތުން މޮޅުވެ, ފަސްވަނަ މަގާމު ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު މިމެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވީ 97-55 ޕޮއިންޓުންނެވެ. މިއީ މިމުބާރާތުގައި ރާއްޖޭގެ ޓީމު މޮޅުވި ދެވަނަ މެޗެވެ.

ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ބޫޓާންއަށް މިމުބާރާތް އަދި މެޗުވެސް ވެގެންދިޔައީ ނާކާމިޔާބީއަކަށެވެ. ހަތަރު ކުއާޓާގައި ވެސް މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ ރާއްޖެއިންނެވެ.

އިންޑިއާގައި ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވީ 76-65 ޕޮއިންޓުން ބަލިވިއިރު، ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ސްރީލަންކާ އަތުން ބަލިވީ 92-66 ޕޮއިންޓުންނެވެ. ތިންވަނަ މެޗުގައި ނޭޕާލް އަތުން ރާއްޖެ މޮޅުވެފައިވަނީ 72-68 ޕޮއިންޓުން ރާއްޖެ މޮޅުވިއިރު، މިއަދު ހެނދުނު އިންޑިއާ އަތުން ރާއްޖެ ބަލިވީ 128-48 ޕޮއިންޓުންނެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެންމެ ފަހުގެ ވެސް ޗެމްޕިއަން އިންޑިއާ އެވެ. މިއީ އިންޑިއާއިން މިމުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެޓީމު ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ. ދެވަނައިގައި ސްރީލަންކާ އޮތްއިރު، ތިންވަނައިގައި އޮތް ނޭޕާލްއާއި ހަތަރުވަނައިގައި އޮތް ބަންގްލަދޭޝް ޕޮއިންޓްގެ ގޮތުން އެއްވަރެވެ. ދެމެޗުން މޮޅުވެ ފަސްވަނައިގައި ރާއްޖެ އޮތްއިރު، އެންމެ ފުލުގައި އޮތީ ބޫޓާން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް