މާޒިޔާއަށް އިތުރު ދެ ކުޅުންތެރިން ގެނައުމާއެކު ބިދޭސީ ކުޅުންތެރިންގެ އަދަދު ފަހަކަށް އަރައިފި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އިތުރު ދެ ކުޅުންތެރިން ގެނައުމާއެކު އެކްލަބުގެ ބިދޭސީ ކުޅުންތެރިންގެ އަދަދު ފަހަކަށް އަރައިފި އެވެ. މާޒިޔާއަށް ގެނައި ގޯލްކީޕަރު ޕަވެލް މަޓިއަޝްއަކީ ކިރްގި...

05 Jul 2015 | 14:15

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އިތުރު ދެ ކުޅުންތެރިން ގެނައުމާއެކު އެކްލަބުގެ ބިދޭސީ ކުޅުންތެރިންގެ އަދަދު ފަހަކަށް އަރައިފި އެވެ.

މާޒިޔާއަށް ގެނައި ގޯލްކީޕަރު ޕަވެލް މަޓިއަޝްއަކީ ކިރްގިސްތާނު ގައުމީ ޓީމުގެ ގޯލް ބަލަހައްޓަމުންދާ ކީޕަރެވެ. އަދި ބްރެޒިލް މިޑްފީލްޑަރު ރޮޑްރިގޯ މަރާންހޯއަކީ ބްރެޒިލްގެ ކްލަބުތަކަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މާޒިޔާއަށް ބިދޭސީ ގޯލްކީޕަރެއް ގެނެސްފައިވާއިރު، ރާއްޖޭގެ ގައުމީ ޓީމާއެކު ވޯލްޑްކަޕް ކޮލިފައިންގައި ހޮންކޮންގްއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދަށް ވަނީ އަނިޔާވެފައެވެ. އިމްރާން ފުރިހަމަކުރި އޮޕަރޭޝަނަށްފަހު، އޭޭނާ ހަ މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

އަލަށް ގުޅުނު މި ދެކުޅުންތެރިންނާއެކު މާޒިޔާގައި މިހާރު ޖުމްލަ ބިދޭސީ ފަސް ކުޅުންތެރިން އެބަތިއްބެވެ. އެއީ މެސަޑޯނިއާ ޑިފެންޑަރު ޓޯނީ ޑްޒަންގޮރޮވްސްކީއާއި ޖަޕާނު މިޑްފީލްޑަރު ޓޮޝީ ޔޮހޭ އަދި ސްޕެއިން ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް އެވެ. މާޒިޔާއަށް އެއް ކުޅުންތެރިޔަކު ބާކީކުރަން ޖެހޭނެ އެވެ. އެއީ އޭޝިއާގެ ކުޅުންތެރިޔަކާއެކު ކްލަބެއްގައި ހިމެނޭނީ ޖުމްލަ ހަތަރު ކުޅުންތެރިން ކަމަށްވާތީ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ދެން އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނަން ޖެހޭނީ މަހިބަދޫއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް