ރާއްޖެ އަތުން ފަސޭހަކަމާއެކު އިންޑިއާ މޮޅުވެއްޖެ

ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ފަސޭހަކަމާއެކު އިންޑިއާ މޮޅުވެއްޖެ އެވެ. މިމުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަތުން ރާއްޖެ ބަލިވީ 128-48 ޕޮއިންޓުންނެވ...

05 Jul 2015 | 14:08

ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ފަސޭހަކަމާއެކު އިންޑިއާ މޮޅުވެއްޖެ އެވެ.

މިމުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަތުން ރާއްޖެ ބަލިވީ 128-48 ޕޮއިންޓުންނެވެ.

މެޗުުގައި އިންޑިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ހުރިހާ ކުއާޓާއެއްގައި ވެސް މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ އިންޑިއާ އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވީ 76-65 ޕޮއިންޓުން ބަލިވިއިރު، ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ސްރީލަންކާ އަތުން ބަލިވީ 92-66 ޕޮއިންޓުންނެވެ. އަދި ތިންވަނަ މެޗުގައި ނޭޕާލް އަތުން ރާއްޖެ މޮޅުވެފައިވަނީ 72-68 ޕޮއިންޓުންނެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 3 އިން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް