އިއްޔެގެ ނިޔަލަށް ޑެންގީ ޖެހިގެން މާލެއިން 183 އަތޮޅުތަކުން 304

އިއްޔެގެ ނިޔަލަށް ޑެންގީ ހުން ޖެހިގެން މާލެއިން 183 ކޭސް އަދި އަތޮޅުތަކުން 304 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭ އިން ބުނެފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކ...

05 Jul 2015 | 07:41

އިއްޔެގެ ނިޔަލަށް ޑެންގީ ހުން ޖެހިގެން މާލެއިން 183 ކޭސް އަދި އަތޮޅުތަކުން 304 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނިވެސް ޑެންގީހުން ޖެހިގެން ނުވަ ކޭސްއެއް ރިޕޯޓްކޮށްފައި ވެ އެވެ.

އެ އޭޖެންސީން މައުލޫމާތު ދޭގޮތުގައި އަތޮޅުތަކަށް ބަލާއިރު އެންމެ ގިނައިން ޑެންގީ ކޭސް ރިޕޯޓްކޮށްފައވަނީ ށ،ރ އަދި ބ އަތޮޅުންނެވެ. ނަމަވެސް މި މަސް ފެށުނުފަހުން އދ އަތޮޅުން ޑެންގީ ކޭސް ރިޕޯޓްކުރަމުންދާ ނިސްބަތް އިތުރުވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާއިރު، މިހާތަނަށް މި ބަލީގައި ތިން މީހަކު ވަނީ ނިޔާވެފަ އެވެ.

ޑެންގީހުން ކޮންޓްރޯލްކުރުމަށްޓަކައި، މަދިރި އުފެދޭ ތަންތަން ނައްތާލާއި، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީއިން އިލްތިމާސް ކުރެ އެވެ. އަދި ޑެންގީގެ ކޭސްއެއް ފެނިއްޖެނަމަ ލަސްނުކުރައްވާ 7548221 ނަންބަރާ ގުޅުއްވާ، ރިޕޯޓްކޮށްދެއްވުމަށްވެސް އެޗް.ޕީ.އޭއިން އިލްތިމާސްކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް