ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މުލިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު މ.މުލިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 28 އަހ...

05 Jul 2015 | 07:12

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު މ.މުލިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިމަހު ދެވަނަ ދުވަހު 05:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެނާ ދިރިއުޅޭ ކޮޓަރިތެރެއިން ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމަށްފަހު އެ ކޮޓަރި ބަލައިފާސްކުރިއިރު އޭނާ ނިދާފައި އޮތް އެނދުގެ ގޮދަޑި ދަށުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓާއި 12 ސެލޯފިންކޮޅު ފެނިފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށްބުނީ މި މައްސަލައާއި ގުޅިގެން އޭނާގެ ކުޑަކަމުދާތަކެތި ތަޙުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އޯޕީއައި ، ބެންޒޯ، އަދި ޓީއެޗްސީއަށް ޕޮޒްޓިވް ވެފައިވާކަމަށާއި ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް މ.މުލި މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް