ވަގަށްނަގާފައިވާ ޓެބްލެޓަކާއި ފައިސާތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފި

ވަގަށްނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޓެބްލެޓަކާއި ފައިސާ އާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން...

05 Jul 2015 | 07:08

ވަގަށްނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޓެބްލެޓަކާއި ފައިސާ އާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 57 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ފަރީދީމަގާއި ބެންތެޔޮ ގޯޅި ގުޅުނު ހިސާބުން ޖުލައި ހަތަރު ވަނަ ދުވަހު ހެނދުނު 09:40 ހާއިރު ކަމަށާއި މި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ މާފައްނު ސަރަހައްދު ޕެޓްރޯލްކުރަމުން ދިޔަ ބީޓަކަށް އެ ދެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށްބުނީ މި ދެ މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ބަލައި ފާސްކުރި އިރު، އޭނާގެ އަތުގައި އޮތް ކޮތަޅަކުން ޓެބްލެޓެއް ފެނުނު ކަމަށެވެ. އަދި އޭނާ ލައިގެން ހުރި ސޯރޓްގެ ޖީބުން 4500 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް