ޑެންގީއަށް ހާއްސަ ހޮޓްލައިނެއް ދިރާގުން ގާއިމްކޮށްފި

ޑެންގީ ހުމަށް ހޭލުންތެރިކުރުމުގެ ގޮތުން ދިރާގުން ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފި އެވެ. މި ހޮޓލައިން ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުންދާ...

05 Jul 2015 | 05:54

ޑެންގީ ހުމަށް ހޭލުންތެރިކުރުމުގެ ގޮތުން ދިރާގުން ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފި އެވެ.

މި ހޮޓލައިން ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުންދާތީ އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށާއި މަގްސަދަކީ ޑެންގީ ކޮންޓްރޯލް ކުރުމަށް ކުރަމުން މަސައްކަތުގައި ބައިވެރިވުން ކަމަށް ދިރާގުން ބުނެ އެވެ.

ޑެންގީއަށް ހާއްސަކޮށް ދިރާގުން ތައާރަފްކުރި ނަމްބަރަކީ 114 އެވެ. މި ހޮޓްލައިނާ ގުޅުމުން ޑެންގީއާބެހޭ މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން މިކަމަށް ހޮޓްލައިނެއް ގާއިމްކޮށްފައިވާއިރު އެޗްޕީއޭއިންވެސް ވަނީ މިކަމަށް ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފަ އެވެ. އެޗްޕީއޭއިން ގާއިމްކޮށްފައިވާ ނަމްބަރަކީ 7548221 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް