މެންޗެސްޓާ ޔުނައިޓެޑުން ހޯދުމަށް މަސައްކަތްކުރަމުންދާ ރެއާލް މެޑްރިޑްގެ ސްޕެއިން ޑިފެންޑަރުން ސާޖިއޯ ރަމޯސް އެއްވެސް ކްލަބަކާ ވާހަކަދައްކަމުން ނުދާކަމަށް ބުނެފި އެވެ.
ޔުނައިޓެޑުން ރާމޯސް ބޭނުންވާފަދައިން ރާމޯސް ވެސް ޔުނައިޓެޑާ ގުޅެން ބޭނުންވާކަމަށް ދެކެވޭ ވާހަކައަކީ މިދިޔަ ހަފްތާއިން ފެށިގެން މީޑިއާތަކުގެ ފަލަ ސުރުހީތަކުން ފާހަގަކޮށްލެވުނު ވާހަކައެކެވެ.
ރާމޯސްގެ ޓްރާންސްފާގެ ކަންތައްތައް އޮތް ހިސާބަކީ ކޮބައިތޯ ކުއަޓްރޯ ނޫހުގެ ނޫސްވެރިޔަކު އެހުމުން ޖަވާބުގައި ރާމޯސް ބުނީ، "އަހަރެން އެއްވެސް ކްލަަަބަކާ ވާހަކަދައްކަމުންނެއް ނުދަން،" ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ހަފްތާގައި ޔުނައިޓެޑުން ހުށަހެޅި 40 މިލިއަން ޔޫރޯގެ ހުށަހެޅުން މެޑްރިޑުން ދޫކޮށްލި ކަމަށާއި އަލުން އާ ހުށަހެޅުމެއް ހުށަހަޅަން ޔުނައިޓެޑުން ތައްޔާރުވަމުންދާ ކަމަށެވެ.
ސްޕެއިންގެ ޑިފެންޑަރު ރާމޯސްއާއި މެޑްރިޑާ ދެމެދު އެންމެފަހުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ ދެ އަހަރު ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް