މެސީގެ އާއިލާއަށް ޗިލީ ސަޕޯޓަރުންތަކެއްގެ ހަަމަލާ!

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޗިލީ ސަޕޯޓަރުންތަކެއް އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އާއިލާ މެންބަރުންތަކަކަށް ހަމަލާދީފި އެވެ. ކޮޕާ އެމެރިކާ ފައިނަލް މެޗު ބަލ...

05 Jul 2015 | 05:32

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޗިލީ ސަޕޯޓަރުންތަކެއް އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އާއިލާ މެންބަރުންތަކަކަށް ހަމަލާދީފި އެވެ.

ކޮޕާ އެމެރިކާ ފައިނަލް މެޗު ބަލަން ގޮސް ތިބި މެސީގެ އާއިލާ މެންބަރުންތަކަކަށް ޗިލީގެ ސަޕޯޓަރުންތަކެއް ހަމަލާދީފައިވަނީ މެޗުގެ ފުރަތަމަ ހާފަށްފަހު އެވެ.

މެސީގެ އާއިލާއާ ކުރިމަތީ ޗިލީގެ ސަޕޯޓަރުން ވަނީ މެސީގެ ބޭބެއަކަށް ހަމަލާދީފައެވެ. ސަލާމަތީ ކަންކަމަށްޓަކައި ފަހުން މެސީގެ އާއިލާ މެޗު ބެލުމަށްޓަކައި އެހެން އިންތިޒާމެއް ވަނީ ހަމަޖައްސައިދީފައެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީއިން ވޯލްޑްކަޕްގެ އެންމެ ފަހުގެ ރަނަރަޕް އާޖެންޓީނާ ބަލިކޮށްފައިވަނީ ޕެނަލްޓީއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް