ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ބާސްކެޓް ޓީމު މޮޅުވެއްޖެ އެވެ.
މިމުބާރާތުގައި ރޭ ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވީ 72-68 ޕޮއިިންޓުންނެވެ.
މިމުބާރާތުގައި ރޭކުޅުނު ހަތަރު ކުއާޓާގައި ވެސް ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ނޭޕާލްގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިއްޔެ ބަންގްލަދޭޝް އަތުން ބަލިވީ 76-65 ޕޮއިންޓުންނެވެ. އަދި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އިއްޔެ ހެނދުނު ސްރީލަންކާ އަތުން ބަލިވީ 92-66 ޕޮއިންޓުންނެވެ.
މިމަހުގެ 3 އިން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މާދަމާ ރާއްޖޭގެ ޓީމު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހެނދުނު ހެނދުނު އިންޑިއާއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، މާދަމާ ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ ބޫޓާންއާ ދެކޮޅަށެވެ.
ދެކުުނު އޭޝިިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 3 އިން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ އަހަރުގެ ސާބާ ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖެއަށް ލިބުނީ ހިތްދަތި ނަތީޖާތަކެކެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ބަލިވެ، ނިންމާލަން ޖެހުނީ އެންމެ ފުލުގައި އޮވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް