އެމެރިކާއިން ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން، ޝަރުތެއް ނެތި އަދި ދާއިމީ ހުއްޓުވުމަކަށް ގޮވާލާ، އަދި ބަނދުކުރެވިފައިވާ ސަރަހައްދަށް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށައެޅި ޤަރާރެއް ވީޓޯކޮށްފައެވެ.
15 މެންބަރުންގެ މަޖިލީހުގައި، 14 މެންބަރުން ވޯޓުދިނީ ޤަރާރާއި އެއްކޮޅަށެވެ. ދެކޮޅަށް ވޯޓު ދިނީ ހަމައެކަނި އެމެރިކާއިންނެވެ. ވޮޝިންގްޓަން އިން އޭގެ ވީޓޯ ޖަސްޓިފައިކުރީ ޤަރާރުން މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމަށާއި އިސްރާއީލްގެ އަމިއްލަ ދިފާއުގެ ހައްޤު ބަލައިނުގަންނަ ކަމަށް ބުނެއެވެ. އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވީ، "އެމެރިކާ އިން ދެމިހުންނާނީ އދ. ގައި އިސްރާއީލްގެ ފަރާތުގައެވެ."
މި ވީޓޯ އަށް ބައިނަލްއަޤްވާމީ ފާޑުކިޔުންތައް ވަނީ ކުރިމަތިވެފައެވެ. މިގޮތުން:
ހަމާސް އިން މި ފިޔަވަޅު ކުށްވެރިކުރީ "ލަދުވެތި" ކަމެއްގެ ގޮތުގައި، އެމެރިކާ އިން ނަސްލު ހަލާކުކުރުމަށް ތާއީދުކުރާ ކަމަށާއި ގައްޒާގައި ގިނަ އަދަދަކަށް މީހުން މެރުން ޤާނޫނީކުރާ ކަމަށް ތުހުމަތުކުރަމުންނެވެ.
ޕާކިސްތާނުގެ އދ. އަށް ހުންނަ ސަފީރު މި ވީޓޯ ސިފަކުރެއްވީ ސަލާމަތީ މަޖިލީހުގެ "އަޚްލާޤީ ލަކުނެއް" ގެ ގޮތުގައެވެ.
ޗައިނާގެ މަންދޫބު ތުހުމަތުކުރެއްވީ އެމެރިކާ އިން ތަކުރާރުކޮށް ސުލްހައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއަޅާ ކަމަށެވެ.
ފްރާންސްގެ ސަފީރު ވިދާޅުވީ ވީޓޯގެ ސަބަބުން މަޖިލީހަށް އޭގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.
ފަލަސްތީނުގެ ސަފީރު ރިޔާދު މަންސޫރު އިއުލާނުކުރެއްވީ މި މައްސަލަ އދ. ގެ އާންމު މަޖިލީހަށް ގެންދިއުމުގެ ރޭވުން އޮތް ކަމަށެވެ. އެތަނުގައި އެއްވެސް މެންބަރަކަށް ވީޓޯގެ ބާރު ނުލިބެއެވެ. ނަމަވެސް އިސްރާއީލްގެ ސަފީރު ޑެނީ ޑެނޮން މި ފިޔަވަޅު ދޫކޮށްލ ބޭކާރު އަދި ސިޔާސީ މަޤްޞަދެއް އޮތް ކަމެއްގެ ގޮތުގައެވެ.
މިއީ ޑޮނަލްޑް ޓްރަމްޕް އަލުން ރައީސްކަމަށް އައުމަށްފަހު 2025 ގެ ޖަނަވަރީ މަހުން ފެށިގެން ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ކުރި ފުރަތަމަ ވީޓޯއެވެ. އިސްރާއީލް ވަނީ ގައްޒާގެ އިންސާނީ ޙާލަތު ގޯސްވަމުންދާތީ އިތުރުވަމުންދާ ބައިނަލްއަޤްވާމީ ޕްރެޝަރުގެ ދަށުގައެވެ. މޭ މަހުގައި މަދު މިންވަރަކަށް އެހީ ވެއްދުމަށް ހުއްދަދެވުނު ނަމަވެސް، އދ. އިން އިންޒާރުދެނީ އެ އެހީ އެއްގޮތަކަށްވެސް އެކަށީގެެކަށީގެންވާ މިންވަރަކަށް ނޫންކަމަށާއި އެ ސަރަޙައްދުގައި ބަނޑުހައިހޫނުކަން ފެތުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅުތައް ބަލިކަށި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް