ދިރާގުން ބޮޑު އީދަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް ތަޢާރަފްކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި ދިރާގުން ބޮޑު އީދަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް ތަޢާރަފްކޮށްފިއެވެ. މި އޮފަރތަކާއެކު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށާއި އަލަށް ސަ...

05 Jun 2025 | 08:33

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި ދިރާގުން ބޮޑު އީދަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް ތަޢާރަފްކޮށްފިއެވެ. މި އޮފަރތަކާއެކު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށާއި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް އެންމެހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އޮފަރތަކުގެ ތެރޭގައި "ސަޅި މަންތްލީ x2" އާއި "ސަޅި މަންތްލީ x3" ގެ އިތުރުން "މަންތްލީ 450"، "މަންތްލީ 500"، "މަންތްލީ 600" އަދި "100ޖީބީ 30 ދުވަހަށް" ހިމެނެއެވެ.

"ސަޅި މަންތްލީ x2" ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ އަދި އިތުރު 30ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭއިރު، "ސަޅި މަންތްލީ x3" ޕެކޭޖުން ދުވާލަކު 6ޖީބީ އަދި އިތުރު 45ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެއެވެ. "މަންތްލީ 450" ޕެކޭޖުން 30ޖީބީ އަދި އިތުރު 7ޖީބީ ބޯނަސް ޑޭޓާ ލިބޭއިރު، "މަންތްލީ 500" ޕެކޭޖުން 35ޖީބީ އަދި އިތުރު 8ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ. "މަންތްލީ 600" ޕެކޭޖުން 50ޖީބީ އަދި އިތުރު 12ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ.

މީގެ އިތުރުން، "100ޖީބީ 30 ދުވަހަށް" އެޑް-އޮން އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް 100ޖީބީ އަދި އިތުރު 25ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެކަމަށް ދިރާގުން ބުނެފައިވެއެވެ.

މި ހުރިހާ އޮފަރތަކެއް ވެސް 10 ޖޫން 2025ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓްކުރެވޭނެއެވެ. އަދި، އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ. މި ފަހަރުގެ އޮފަރތަކުން ވެސް ދިރާގުގެ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް