ރެކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާލި ކަމަށް ދައްކާ ވާހަކަ އާސަންދައިން ދޮގުކޮށްފި

އާސަންދަ ރެކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާލައިފި ކަމަށް ދައްކާ ވާހަކަ އާސަންދައިން ދޮގުކޮށްފިއެވެ. އާސަންދައިން ބުނީ، ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާ ނުލާ ކަމަށާއި އާސަންދާއިގެ ދަށުން ރާ...

05 Jun 2024 | 18:43

އާސަންދަ ރެކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާލައިފި ކަމަށް ދައްކާ ވާހަކަ އާސަންދައިން ދޮގުކޮށްފިއެވެ.

އާސަންދައިން ބުނީ، ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާ ނުލާ ކަމަށާއި އާސަންދާއިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށް ރިކޮމެންޑޭޝަން ފޯމު ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ބޭނުންވާނެ ކަމަށެވެ.

އެކަން އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން އާސަންދައިން މިރޭ ބުނެފައިވަނީ އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް މިހާރު ޑޮކްޓަރ ރިކޮމެންޑޭޝަން ފޯމު ފުރައިދޭނީ ހަމައެކަނި އާސަންދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ޕޯޓަލް ތެރެއިން ޑޮކްޓަރު، އާސަންދައަށް ފޯމު ސަބްމިޓް ކުރުމުން، މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ފަސޭހަކަމާއެކު ހިދުމަތަށް އެދެވޭނެ ކަމަށާއި އަދި ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ޕޯޓަލްއަށް އަޕްލޯޑް ކުރެވޭނެ ކަމުގައިވެސް އާސަންދައިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް