ޕީއެސްއެމް ފޯރި 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޔޫއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް - ޔޫރޯ  2024 - ގެ ހާއްސަ ކަވަރޭޖް ކަމަށްވާ "ޕީއެސްއެމް ފޯރި 2024" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފ...

05 Jun 2024 | 18:16

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޔޫއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް - ޔޫރޯ  2024 - ގެ ހާއްސަ ކަވަރޭޖް ކަމަށްވާ "ޕީއެސްއެމް ފޯރި 2024" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ޔޫރޯ 2024 ގެ ހުރިހާ މެޗެއް ދިވެހިރާއްޖެގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ލިބުނު ލޯކަލް މީޑިއާއަކީ ޕީއެސްއެމްއެވެ. އެގޮތުން މުބާރާތުގެ މެޗުތަސް ދެއްކުމުގެ އިތުރުން 'ޕީއެސްއެމް ފޯރި 2024' ގައި މެޗް ކަވަރޭޖާއި ކޮމެންޓްރީގެ އިތުރުން އިތުރު ޚާއްސަ ސެގްމެންޓްތައްވެސް ހިމެނޭނެއެވެ.

މި ކަމާއި ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ޕީއެސްއެމްއާ ގުޅިގެން މި އަހަރުގެ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި އެގޮތުން މިފަދަ ފުޓްބޯޅަ އީދަކަށް ދިވެހިން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންނަށްވެސް މި ޚާއްސަ ކަވަރޭޖާ އެކު ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެކަން ޔަގީންކުރާކަމަށެވެ.

ޔޫރޯ 2024 އޮންނާނީ 14 ޖޫން 2024 އިން 14 ޖުލައި 2024 އަށް ޖަރުމަނުގައެވެ. ޔޫރޯ 2024 ގެ 51 މެޗުވެސް ޕީއެސްއެމްގެ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އަދި ޔެސް ޓީވީން ދައްކާނެއެވެ. އަދި މީގެ އިތުރުން ޔޫރޯގެ ފޯރި ކުޑަކުދިންގެ މުދުގައި އާލާކުރުމުގެ މަޤްސަދުގައި ހުކުރު ދުވަހުގެ ހުޅުމާލެ ސެންޓްރަލް ޕަރކުގައި 'ކުޑަކުދިންގެ ޔޫފޯރިއާ' ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ހަރަކާތްތަކުގައި މުޖުތަމައުގައި ޝާމިލްވާ ފަރާތްތަކަށް އެއްބާރުލުން ފޯރުކޮށްދިނުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް