ލޯންޗު އެކްސިޑެންޓުގައި އަނިޔާވި އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި

ހުޅުލެ ސަރަހައްދުގައި ދެ ލޯންޗެއްޖެހި ރޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފިއެވެ. މިއަދު ދުވަހަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ މީ...

05 Jun 2024 | 07:02

ހުޅުލެ ސަރަހައްދުގައި ދެ ލޯންޗެއްޖެހި ރޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފިއެވެ.

މިއަދު ދުވަހަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގައި އެ އެކްސިޑެންޓާއި ގުޅިގެން ހަތް މީހަކު އެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި މިހާރު ފަރުވާދެމުން އަންނަނީ އެންމެ މީހަކަށް ކަމަށެވެ.

"އެންމެ މީހަކަށް މިވަގުތު ފަރުވާދެމުން އަންނަނީ، ފަރުވާދެމުން އަންނަނީވެސް ވޯޑުގައި" އައިޖީއެމްއެޗް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރޭގައި މެރިން ޕޮލިހުން ބުނެފައިވާގޮތުގައި ހުޅުލެ ނެރުކައިރީގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގީ ރޭގެ 11 ޖަހާއެހާކަންހާއިރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް