އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައި އެކަން އިއުލާނުކޮށްފައިވާއިރު މިކަން ހުއްޓުވުމުގެ ގޮތުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ބިލެއް ވައްދަން ތައްޔާރުކުރަމުން އެބަގެންދެއެވެ.
އެގޮތުން އެމެރިކާއަށް ނިސްބަތްވާ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި ބިލު އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމެރިކާގެ "ހައުސް އޮފް ރެޕްރެޒެންޓޭޓިވް" ގެ މެންބަރު ޖޯޝް ގޮހައިމާއެވެ.
"ޕްރޮޓެކްޓިންގ އެލައިޑް ޓްރެވަލް ހިއަރ އެކްޓް" ގެ ނަމުގައި ހުށަހަޅާ ބިލުގެ މަސައްކަތުގައި އެ މެންބަރާއި އަދި އިތުރު ބައެއް މެންބަރުން ހަރަކާތްތެރިވަމުން އަންނަކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެގޮތުން ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ހުށަހަޅާ އެއްކަމަކީ އެމެރިކާގެ އެހީ "ޔޫއެސް އެއިޑް" ރާއްޖެއަށް ހުއްޓާލުމެވެ. 2019 އިން ފެށިގެން 2023 އާއި ދެމެދު "ޔޫއެސް އެއިޑް" އިން ރާއްޖެއަށް 36 މިލިޔަން ޑޮލަރުގެ އެހީ ދީފައިވާކަން އެމެރިކާގެ "އޭޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ދަ ސްޓޭޓް ޑިޕާޓްމަންޓް" އާއި ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް