ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އެމްޑަބްލިއުއެސްސީ އިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އެމްޑަބްލިޔުއެސްސީން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ދަށުން އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގަމުންދާ ހުޅުމާލެ އަދި ކުޅުދުއްފުށި ސިޓީގައި ހާއްސަ ހަރަކާތްތަކެއް ...

05 Jun 2023 | 17:13

އެމްޑަބްލިޔުއެސްސީން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ދަށުން އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގަމުންދާ ހުޅުމާލެ އަދި ކުޅުދުއްފުށި ސިޓީގައި ހާއްސަ ހަރަކާތްތަކެއް ރާވައި ހިންގައިފިއެވެ.

އެގޮތުން އެމްޑަބްލިޔުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދާ ފެހި ކުރުމުގެ ޚާއްސަ ހަރަކާތެއް ހުޅުމާލޭގައި މިއަދު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތް ފައްޓަވައި ދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި އާރބަންކޯގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާތިރް އަބްދުލް ރަހްމާންއެވެ.

އެމްޑަބްލިޔުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދާ ފެހި ކުރުމުގެ  ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ސީނިއާ މެނޭޖްމަންޓު ޓީމާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި މި މަހު 1 ވަނަ ދުވަހުން ފެށިގެން 3 ވަަނަ ދުވަހާއި ހަމައަށް ތިމާވެއްޓާއި މެދުގައި އާންމުން ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

މިގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ. މި ހަރަކާތުގައި ކުޅުދުއްފުށީގެ 20 އަކަަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި އާންމުންގެ ބޮޑު ތަރުހީބެއްް ވަނީ މި ހަރަކާތްތަކަށް ލިބިފައެެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކުގައި ކިޔަވަމުންދާ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި ސާފު ބޯފެނާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގައި އަދި "ފެން ފިޔެސްޓާރ" ގެ ނަމުގައި ކުޑަ ކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް