"ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!" ނަމުގައި ސެމިނާރ އެއް ކުރިޔަށް ގެންގޮސްފި

"ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!" ޝިޔާރުގެ ދަށުން ސެމިނާރ އެއް ކުރިޔަށް ގެންގޮސްފިއެވެ. މިކަން ހާމަކޮށް އެންވާރްމަންޓް މިނިސްޓްރީން މިއަދު ބުނީ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރު...

05 Jun 2023 | 11:18

"ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!" ޝިޔާރުގެ ދަށުން ސެމިނާރ އެއް ކުރިޔަށް ގެންގޮސްފިއެވެ.

މިކަން ހާމަކޮށް އެންވާރްމަންޓް މިނިސްޓްރީން މިއަދު ބުނީ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، “ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!” ޝިޔާރުގެ ދަށުން ސެމިނާރ އެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި ސެމިނާރގައި ޕްލާސްޓިކް ކުނި މަދުކުރުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ހަރަކާތްތެރި ވަމުންދާ ތިން ތަޖުރިބާކާރުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެފައިވާ ކަމަށް އެންވާރްމަންޓް މިނިސްޓްރީން ހާމަކުރެއެެވެ.

މިގޮތުން މި ސެމިނަރގައި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށާއި, ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް ލިބޭ ގެއްލުން ތަކާއިމެދު މަޝްވަރާ ކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން މި ސެމިނަރގައި ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭނެ ތަކެއްޗާއި ޕްލާސްޓިކް ކުނި ގިނަ ނުވާގޮތްތައް މަޝްވަރާ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް