މަޖިލީހުގެ ޖަލްސާ ކުރިޔަށް ނުގެންދެވިގެން އެންމެ ފަހުން މިއަދަށް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދެވިގެން އެންމެ ފަހުން ނިންމާލައިފި އެވެ. މިއަދު އެޖެންޑާ ކޮށްފައި އޮތީ ބަންޑަރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ އެވެ. މި...

05 Jun 2023 | 08:16

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދެވިގެން އެންމެ ފަހުން ނިންމާލައިފި އެވެ.

މިއަދު އެޖެންޑާ ކޮށްފައި އޮތީ ބަންޑަރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ އެވެ. މި މައްސަލައިގަ މިއަދު އޭނާ ވަނީ ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ.

މިއަދުގެ ޖަލްސާގައި އެމައްސަލަ ހުށަހެޅުނީވެސް ކޯޅުންގަނޑާއި ހެދި11:00 ގެ ދަންފަޅި ފެށުނު ފަހުންނެވެ. ފުރަތަމަ މައްސަލަ ހުށަނޭޅުނީ މިދިޔަ ހަފްތާގައި މައްސަލަ އެޖެންޑާ ކުރުމުން ޖަވާބުދާރީވާން ރިފްއަތު މަޖިލީހަށް ވަޑައިގަތް ސަބަބު ސާފުކޮށް ނުދެއްވަނީސް އަލުން މައްސަލަ ހުށަހަޅަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ދެކޮޅު ހެއްދެވުމުންނެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް