ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި ކުރީގެ ސަރުކާރު ތަކާއި އެޓާނީ ޖެނެރަލުން ވަނީ އިހުމާލުވެފައި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ދެކޮޅަށް ހޫށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގަ މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގަތް ޖަވާބުދާރީވަމުންނެވެ. އެ މައްސަލަ ހުށަހެޅީ މޮރިޝަސް އާއި ދެ ގައުމުގެ ކަނޑުގެ އިން ވަކި ކުރުމުގެ މައްސަަލައިގަ މޮރިޝަސް އަތުން ރިޝްވަތު ނަގައި ކަނޑުގެ ބައެއް ވިއްކާލި ކަމަށް ބުނެ އިދިކޮޅުންނެވެ.
އޭޖީ ވިދާޅުވީ ޗާގޯސް މައްސަލައަކީ ވަރަށް ޒަމާންވީ މާޒީއެއް އޮތް މައްސަލައެއް ކަމަށެވެ. އަދި މި މައްސަލާގައި ކުރީގެ އެއްވެސް ސަރުކާރަކުން ގޮތެއް ނިންމަން ނުކެރުނު އިރު މިކަމުގައި ކުރީގެ ބަންޑާރަ ނައިބުން ވެފައިވާ އިހުމާލު ބޮޑުކަން ވަރަށް ލަދުވެތިކަމާއެކު ފާހަގަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
(ތަފްސީލް އަންނަނީީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް