ދުނިޔޭގެ ކާބޯތަކެތީގެ ދަތިކަމުގެ "ހޮޓްސްޕޮޓް" ތަކުގެ ތެރޭގައި ޕާކިސްތާނާއި އަފްޣާނިސްތާން

ޕާކިސްތާނާއި އަފްޣާނިސްތާނަކީ ދުނިޔޭގައި ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލަމުންދާ ހޮޓްސްޕޮޓްތަކުގެ ގޮތުގައި އދގެ ކާބޯތަކެއްޗާބެހޭ ދެ އިދާރާ ކަމަށްވާ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އަ...

05 Jun 2023 | 07:06

ޕާކިސްތާނާއި އަފްޣާނިސްތާނަކީ ދުނިޔޭގައި ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލަމުންދާ ހޮޓްސްޕޮޓްތަކުގެ ގޮތުގައި އދގެ ކާބޯތަކެއްޗާބެހޭ ދެ އިދާރާ ކަމަށްވާ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އަދި ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ރިޕޯޓެއްގައި ކަޑައަޅައިފިއެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ބެހޭ އިންޒާރުތައް ދީފައިވަނީ ޖޫން މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް އެފްއޭއޯ އާއި ޑަބްލިއުއެފްޕީ ގުޅިގެން ޝާއިއުކުރި ރިޕޯޓެއްގައި ކަމަށް ފްރީލާންސް ޖާނަލިސްޓް ނޮމާން ހުސައިން ޚަމާ ޕްރެސް ރިޕޯޓުގައި ބުނެފި އެވެ.

ޑަބްލިއުއެފްޕީން ރިޕޯޓުގައި ބުނެފައި ވަނީ "ޕާކިސްތާނާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އިތިއޮޕިއާ، ކެންޔާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ސީރިއާ އަރަބި ރިޕަބްލިކަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ހޮޓްސްޕޮޓްތަކެއް ކަމަށާއި މި އެޑިޝަންގައި މިޔަންމާއަށް ވެސް ކާބޯތަކެއްޗަށް ޖެހޭނެ ކަމަށް ބެލެވޭ ޤައުމުތަކުގެ އިންޒާރު ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ "މި ހުރިހާ ހޮޓްސްޕޮޓްތަކެއްގައި ވެސް ގިނަ އަދަދެއްގެ މީހުންނަށް ކްރިޓިކަލް ސީރިއަސް ފުޑް އިންސެކިއުރިޓީއާ ކުރިމަތިލާން ޖެހިފައިވާއިރު، ކުރިއަށް އޮތް މަސްތަކުގައި ފުރާނައަށް ނުރައްކާވާ ހާލަތްތައް އިތުރަށް ގޯސްވާނެ ކަމަށެވެ.

ސިޔާސީ ހަލަބޮލިކަމުގެ އިތުރުން ޕާކިސްތާނުގެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މާލީ ބެއިލްއައުޓް ވެސް ފާއިތުވި ހަތް މަސް ދުވަހު ވަނީ ނުލިބި ލަސްވެފަ އެވެ. މިކަމާގުޅިގެން އެޤައުމުން ދަނީ އިގްތިސާދީ އިޖްތިމާއީ ގިނަ މައްސަލަތަކަކާ ކުރިމަތިލަމުންނެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވެފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ކަމަށްވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ތާލިބާނުން އިސްވެ އޮވެ ހިންގާ ސަރުކާރު ބަލައިގަނެފައެއް ނުވެއެވެ. އެ ޤައުމުގައި ކާބޯތަކެތީގެ ދަތިކަމާއި، އިގްތިސާދީ އިޖްތިމާއީ ގިނަ މައްސަލަތަކެއް ތާލިބާނުން ބާރުގެ ދަށަށް ދިޔަފަހުން ދަނީ ކުރިމަތިލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް