ޤައުމު ތަރައްޤީ ކުރެވޭނީ ރައީސް ސޯލިޙަށް ދެވަނަ ދައުރެއް ދިނުމުން: ޢިމްރާން

މުޖްތަމަޢުގެ މަސްލަޙަތު ކަށަވަރު ކުރެވޭގޮތައް، ޤައުމު ތަރައްޤީ ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދީގެން ކަމަށް ރާއްޖޭގެ ދާޙިލީ ވަޒީރު ޢިމްރާން ޢަބްދުﷲ، ވިދާޅުވެއްޖެ އެވެ. ...

05 Jun 2023 | 07:02

މުޖްތަމަޢުގެ މަސްލަޙަތު ކަށަވަރު ކުރެވޭގޮތައް، ޤައުމު ތަރައްޤީ ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދީގެން ކަމަށް ރާއްޖޭގެ ދާޙިލީ ވަޒީރު ޢިމްރާން ޢަބްދުﷲ، ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ.

އިމްރާން ވިދާޅުވީ މުޖްތަމަޢުގެ މަސްލަޙަތާއި، ހަމަޖެހުމާއި އެކު، ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާގޮތައް ޤައުމު ތަރައްޤީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ، ރައީސް ޞާލިޙްގެ ސަރުކާރު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުން ކަމަށެވެ.

ރައީސް ޞާލިޙްގެ 5 އަހަރުގެ ދައުރު ހަމަވާން މިހާރު އޮތީ ދެތިން މަހެކެވެ.

ރިޔާސީ އިންތިޚާބު ގާތް ވަމުން އަންނަ އިރު ރައީސް ޞާލިޙާއި އެކު ކޯލިޝަން ހައްދައިފައިއެވެ. އަދި އެމަނިކުފާނާއި އެކު ނުކުންނަ ދެޕާޓީގެ ތެރެއިން އެއް ޕާޓީއަކީ ޢިމްރާން ރައީސް ކަންކުރައްވާ ޢަދާލަތު ޕާޓީއާއިއެކު އަނެއް ޕާޓީއަކީ ސަން ސިޔާމުގެ އެމްޑީއޭ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް