ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އާއިލާ އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
ސަނީ އާކީ އާންމުކޮށް ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަ ބޮލީވުޑް ތަރިއެކެވެ. މިދިޔަ އަހަރު ފަހުކޮޅުވެސް އޭނާ ރާއްޖެ އައިސްފައިވެ އެވެ.
މި ފަހަރު ސަނީގެ އާއިލާ ޗުއްޓީ ހޭދަ ކުރަމުންދަނީ ރ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށް ކޮއްޓެފަރު މޯލްޑިވްސްގައި އެވެ. މިދަތުރުގައި ފިރިމީހާ އާއި އެ ދެމީހުންގެ އެއްމާބަނޑު ދެ ފިރިހެން ދަރިންނާއި އެމީހުން އެޑޮޕްޓު ކޮށްގެން ގެންގުޅޭ އަންހެން ދަރިފު ބައިވެރިވެ އެވެ.
ސަނީ ވަނީ މި ދުވަސް ވަރު ރާއްޖެއަށް މޫސުން ގޯސް ނަމަވެސް އޭނާގެ އުފާވެރި ވަގުތުތަކަށް ހުރަސް އެޅެމުން ނުދާކަން ދައްކައި ދީފައި އެވެ. އެގޮތުން އިއްޔެ ހަވީރު ބޮޑު ވިލާގަނޑެއް ނަގާފައި ވަނިކޮށް ރިސޯޓުގެ ގޮނޑުދޮށުގައި ހިތްގައިމު ވަގުތެއްގައި ހިނގާލާ ވީޑިއޯއެއް އާންމުކޮށްފައިވެ އެވެ.
ސަނީގެ އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ ރިސޯޓުގެ ފަރުބަލާލުމަށް ސްނޯކްލިން ކުރާ ވީޑިއޯއެއްވެސް އާންމުކޮށްފައި އެވެ. އަދި ވަރަށް ލޯބިވާ ކަމަށް ބުނެފައިވެ އެވެ.
https://www.instagram.com/p/Cs_jYHKhgkN/
https://www.instagram.com/p/CtGF0Hwgn5E/
https://www.instagram.com/p/CtEz-OTPxRT/
ސަނީ ބުނީ އާއިލާ އާއި އެކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައުމަށް ދެމީހުން އަބަދުވެސް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.
ސަނީ ރާއްޖެއަށް އައީ މީގެ ދެ ދުވަސް ކުރިންނެވެ. ސަނީ ވަނީ އައި ދުވަހުވެސް ރާއްޖެއަށް އާދެވުމުން ވާ އުފަލާއި ރާއްޖޭގެ ރީތިކަން ފެނިގެންދާ މަންޒަރުތައް ފެންނަ ވީޑިއޯއެއް އާންމުކޮށްފައި އެވެ.
ސަނީ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު "ކަންނެޑީ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް