ހޯޑެއްދޫގައި އިމަޖެންސީ ރެސްޕޯންސް ޓީމް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގދ. ހޯޑެއްދޫގައި ކޮމިޔުނިޓީ އިމަރޖެންސީ ރެސްޕޯންސް ޓީމް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި ކަން އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އެމްއެންޑީއެފްއިން ބުނީ ހޯޑެއް...

05 Jun 2023 | 05:48

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގދ. ހޯޑެއްދޫގައި ކޮމިޔުނިޓީ އިމަރޖެންސީ ރެސްޕޯންސް ޓީމް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި ކަން އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ ހޯޑެއްދޫގެ ކައުންސިލްގެ އެދިލެއްވުމަކަށް އެ ރަށުގައި ޖޫން 3 އިން 8 އަށް ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމްގައި ދެ ޖިންސު ހިމެނޭހެން އެ ރަށުގެ 15 ފަރާތެއް ވަނީ ބައިވެރިވެފައިވާކަމެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދޭ ބައިތަކުގެތެރޭގައި ފަޔަރ ބިހޭވިއަރ، ލިކުއިޑް ޕެޓްރޯލިއަމް ގޭސް، ޕޯޓަބަލް ފަޔަރ ޕަމްޕް ސްޓަރޓިންގ އެންޑް ސްޓޮޕިންގ ޕްރޮސީޖަރސް، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތް، ފަޔަރ ފައިޓަރ ބޭސިކް ނޮޓްސް، ފަޔަރ ފައިޓިންގ ހޯސް ކެރީ، ލެޔިންގ އަދި ރޯލިންގ މެތަޑްސްގެ އިތުރުން މެނޭޖިންގ ޑިޒާސްޓަރސް ހިމެނޭކަން އެމްއެންޑީއެފްއިން ބުނެއެވެ. މީގެއިތުރުން، ކޮމާންޑް ޓާސްކުތަކާއި ޓޭބަލް ޓޮޕް އެކްސަސައިޒްތައްވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަންވެސް ބުނެފައިވެއެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެފްއާރުއސް ކޮމްޕޯނަންޓުގެ ސިފައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް