ކެޓް ދެވަަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް، ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ކެޓް ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކެޓްގެ ފިރިކަލުން ވިކީ ...

05 Jun 2022 | 14:58

ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް، ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ކެޓް ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކެޓްގެ ފިރިކަލުން ވިކީ ކޯޝަލް އެކަނި އެވޯޑު ހަފްލާއެއްގައި ބައިވެރިވުމުން އުފެދުނު ސުވާލަށް އިންޑިއާ މީޑިއާއިން ހޯދި ޖަވާބުންނެވެ.

ކެޓަށް ދެވަނަ ފަހަރަށް ކޮވިޑު ޖެހިފައިވާއިރު އިންޑިއާއަށް މިހާރު ވަނީ ކޮވިޑުގެ ހަތަރުވަނަ ރާޅެއް އައިސްފައިކަމަށް މީޑިއާ ރިޕޮޓްތައް ބުނެއެވެ. ކޮވިޑު ކޭސްތަކުގެ އަދަދު މަތިވެފައިވާއިރު ބޮލީވުޑް ތަރިންނަށް ކޮވިޑު ޖެހޭ އަދަދުވެެސް ވަނީ މަތިވެފައެވެ.

ރެކޯޑްތައް ދައްކާގޮތުގައި މީގެ ދެ ދުވަސްކުރިން ޕޮޒިޓިވް އަދަދު ދެ ހާހުގައި ހުރި އިރު އިއްޔެ އެ އަދަދު ވަނީ ހަ ހާހުން މައްޗަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް