ރާއްޖޭގެ ހާރިޖީ ވަޒީރު ސައުދީ ހާޖިރީ ވަޒީރާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު، ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާނާ ބައްދަލުކުރައްވައިފިއެވެ. ސައުދީ އަރަބިއްޔާއިން ބުނެފައިވާގޮތުގައި ހާރިޖީ ދެ ވަޒީރުން ބަ...

05 Jun 2022 | 14:30

ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު، ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާނާ ބައްދަލުކުރައްވައިފިއެވެ.

ސައުދީ އަރަބިއްޔާއިން ބުނެފައިވާގޮތުގައި ހާރިޖީ ދެ ވަޒީރުން ބައްދަލުކުރެއްވީ މިއަދު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއިމެދު މަޝްވަރާ ކުރެވުނުކަމަށް ސައުދީން ބުނެފައިވެއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއިމެދުވެސް މަޝްވަރާ ކުރެވުނުކަމަށް ސައުދީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް