ބަންގްލަދޭޝްގައި ކެމިކަލް ގުދަނެއް ގޮވައި 40 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގައި ގުދަނެއް ގޮވައި40 މީހުން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގީ އެ ގައުމުގެ ވިޔަފާރީގެ މައި ސިޓީ ޗިޓަގޮންގައި އެވެ. މި ހާދިސާގައި49 މީހުން ޒަހަމްވެފައިވާއިރު މަރުވި މީހުންނާއި ޒަހަމްވި މީހު...

05 Jun 2022 | 13:46

ބަންގްލަދޭޝްގައި ގުދަނެއް ގޮވައި40 މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގީ އެ ގައުމުގެ ވިޔަފާރީގެ މައި ސިޓީ ޗިޓަގޮންގައި އެވެ. މި ހާދިސާގައި49 މީހުން ޒަހަމްވެފައިވާއިރު މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާ ހިނގި ގުދަނުގައި ގިނަ އަދަދެއްގެ ކެމިކަލް ރައްކާކޮށްފައި ހުރި ކޮންޓެއިނަރުތައް ހުއްޓެވެ. އަދި ގުދަނުގުެ ވަށައިގެންވާ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކޮންޓެއިނަރު ހުއްޓެވެ.

މަންޒަރު ދުށް މީހުން ބުނީ ގުދަނުގައި ގޮވުންތައް ގޮވަން ފެށުމާއި އެކު އެ ސަރަހައްދުން ހިނގާފައި ދިޔަ މީހުންވެސް އެތައް މީޓަރެއް ދުރަށް ވިއްސައިގެން ދިޔަ ކަމަށެވެ.

ބަންގްލަދޭޝްއަކީ މިފަދަ ހާދިސާތައް ފެކްޓްރީތަކާއި ގުދަން ތަކުގައި ހިނގުން ގިނަ ގައުމެކެވެ. އަލިފާނުގެ ހާދިސާތައް އިތުރުވަނީ މުވައްޒަފުންނާއި ތަނުގެ ރައްކާތެރި ކަމަށް ފިޔަވަޅު އެޅުމުގައި ފަރުވާ ކުޑަ ކަމުން ކަން މިފަދަ ކޮންމެ ހާދިސާއަކުން އެނގިގެންދެ އެވެ.

މިދިޔަ އަހަރު އެ ގައުމުގައި ފެރީއެއްފައި އަލިފާން ރޯވެ39 މީހުން މަރުވި އިރު، ކާބޯތަކެތި އުފައްދާ ފެކްޓްރީއެއްގައި އަލިފާން ރޯވެ،52 މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް