ކެންދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓު ގެންގޮސްފި

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މައުލޫމާތު...

05 Jun 2022 | 09:44

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި ބޮޑު ހިލައިގެ އިތުރު ޝިޕްމެންޓެއް ސައިޓަށް ގެންދިޔައީ މިމަހުގެ ދެ ވަނަ ދުވަހުގެ އެވެ. މިހާރު މަޝްރޫއުުގެ ދަށުން ކުރަމުން ދަނީ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ. އަދި 80 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ.

މީގެ އިތުރުން މަޝްރޫއު ނިމޭއިރު 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މިއީ 39.9 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް