ކަރަންގެ 50 ވަނަ އުފަންދުވަހުގެ ޕާޓީން 50ށް ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިއްޖެ!

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަދި އެންމެ މަޝްހޫރު އެއް ޑައިރެކްޓަރު ކަރަން ޖޯހަރަށް 50 އަހަރު ފުރުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. 50 ވަނަ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ކަރަން ވަނީ ގިނ...

05 Jun 2022 | 09:33

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަދި އެންމެ މަޝްހޫރު އެއް ޑައިރެކްޓަރު ކަރަން ޖޯހަރަށް 50 އަހަރު ފުރުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

50 ވަނަ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ކަރަން ވަނީ ގިނަ އަދަދެއްގެ ބޮލީވުޑް މީހުންނަށް ދައުވަތު ދީގެން ބޮޑު ޕާޓީއެއް ބާއްވާފަ އެވެ. ޔަޝްރާޖް ސްޓޫޑިއޯގައި ބޭއްވި ހަފްލާއަށް ބޮލީވުޑްގެ ތަރިންގެ ދަރިންތަކުން ފެށިގެން ކުރީގެ ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ދިޔަ އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނޫސްތަކުން އެ ޕާޓީގެ ވާހަކަތަކާއި އެ ޕާޓީއަށް ތަރިން ހެދުން އަޅާފައިވާ ގޮތުގެ ވާހަކަ ނުހުއްޓެއެވެ. އެ ވާހަކަތަކުގެ ތެރެއަށް އަނެއްކާވެސް ޕާޓީ އާއި ގުޅޭ އިތުރު ވާހަކައެއް ވަނީ އިތުރުވެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާޓީ ނިމުނުތާ ހަފްތާއެއް ފަހުން އެ ޕާޓީއަށް ދިޔަ 50-55 އާއި ދެމެދުގެ އަދަދަކަށް މީހުންނަށް ވަނީ ކޯވިޑް ޖެހިފަ އެވެ. އެމީހުންނަށް ބަލި ޖެހިފައިވަނީ ޕާޓީ ތެރެއިންކަން ވަނީ އެނގިފަ އެވެ.

ބަލި ޖެހުނީ ކޮން ބަޔަކަށް ކަމެއް އަދި ނޭނގެ އެވެ. އެ ޕާޓީއަށް ގޮސްގެން ކޯވިޑް ޖެހުނު ހުރިހާ ތަރިންހެން ދަނީ އެކަން ސިއްރު ކުރަމުންނެވެ.

އެކަމަކު ޕާޓީ ތެރެއިން ބަލި ފެތުރުނުކަން ހާމަވީ ޕާޓީއަށް ދައުވަތު ނުދޭ އަދި ކަރަންގެ ހަތުރެއް ކަމަށްވާ ކާތިކް އާރްޔަން ކޯވިޑަށް ޕޮސިޓިވް ވުމުންނެވެ. އޭނާ ޕޮސިޓިވްކަން އެނގުނީ، މިހާރު މަސައްކަތް ކުރާ ފިލްމުގައި އެކުގައި ހަރަކާތްތެރިވާ އަދި އެ ޕާޓީއަށް ދިޔަ ފަންނާނަކަށް ކޯވިޑް ޖެހިގެން ކޮންޓެކްޓަކަށް ވާތީ ޓެސްޓު ކުރި އިރު އެވެ.

ކަރަން ޖޯހަރުގެ ޕާޓީއަށް ދިޔަ ތަރިންގެ ތެރޭގައި ސަލްމާން، ޝާހްރުކް، އާމިރް ހާން، ކަރީނާ ކަޕޫރު، ޖޫހީ ޗައުލާ، ވިކީ ކައުޝަލް، އަނަންޔާ ޕާންޑޭ ފަދަ ތަރިން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް