ފްރެންޗް ޕޮލިހުންގެ "ރެއިޑް" ގެ ފަރާތުން ދިވެހި ފުލުހުންނަށް ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފި

ފްރެންޗް ނޭޝަނަލް ޕޮލިސްގެ އެލީޓް ޓެކްޓިކަލް ޔުނިޓެއް ކަމުގައިވާ ރިސަރޗް، އެސިސްޓަންޓް، އިންޓަރވެންޝަން، ޑިސުއޭޝަން (ރެއިޑް) ގެ ފަރާތުން ފުލުހުންނަށް ހާއްސަ އޮޕަރޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސް...

05 Jun 2022 | 06:38

ފްރެންޗް ނޭޝަނަލް ޕޮލިސްގެ އެލީޓް ޓެކްޓިކަލް ޔުނިޓެއް ކަމުގައިވާ ރިސަރޗް، އެސިސްޓަންޓް، އިންޓަރވެންޝަން، ޑިސުއޭޝަން (ރެއިޑް) ގެ ފަރާތުން ފުލުހުންނަށް ހާއްސަ އޮޕަރޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އޮޕަރޭޝަން އެކްސަސައިޒް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

ދ. ވާނީ އާއި މާލޭގައި ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ރެއިޑްގެ ދެ އެކްސްޕާޓުންނެވެ.

އެ އެކްސަސައިޒްގައި، އާމްޑް ޓެރަރިޒަމް ފޯސަސްއާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ޓެކްނިކަލް ޓްރެއިނިންގ އާއި އެފަދަ ފަރާތްތަކާ ދެކޮޅަށް އެޅިދާނެ އެހެނިހެން ފިޔަވަޅުތަކާ ގުޅޭގޮތުން އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މެއި 30 އިން ޖޫން 2 އަށް ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގައި 27 ފުލުހުން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް