ސައުދީ ރައްޔިތަކު އެމްބަރ އަށް ކައިވެނި ހުށަހަޅަައިފި

ޖޮނީ ޑެޕްގެ ކުރީގެ އަންހެނުން އެމްބަރ ހާޑަށް، ސައުދީ ރައްޔިތަކު ކައިވެނި ހުށަހަޅައިފިއެވެ. ސައުދީ ރައްޔިތަކު އެމްބަރ އަށް ކައިވެނި ހުށަހަޅާފައިވަނީ ޖޮނީ ޑެޕް އެމްބަރ ގެ މައްޗަށް ކޯޓު ކޭސް ކާމިޔާބުކުރި...

05 Jun 2022 | 05:15

ޖޮނީ ޑެޕްގެ ކުރީގެ އަންހެނުން އެމްބަރ ހާޑަށް، ސައުދީ ރައްޔިތަކު ކައިވެނި ހުށަހަޅައިފިއެވެ.

ސައުދީ ރައްޔިތަކު އެމްބަރ އަށް ކައިވެނި ހުށަހަޅާފައިވަނީ ޖޮނީ ޑެޕް އެމްބަރ ގެ މައްޗަށް ކޯޓު ކޭސް ކާމިޔާބުކުރިތާ މާ ގިނަ އިރެއް ނުވަނީހެވެ.

އޯޑިއޯ މެސެޖަކުން އިންސްޓަގްރާމް މެދުވެރިކޮށް ހުށަހެޅި އެ ހުށަހެޅުމުގައި ބުނެފައިވަނީ އޭނާ ނޫން އެހެން މީހަކު ދެން އެމްބަރއަށް އަޅާލާނެ ކަމަށް ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށާއި އަބަދުމެ އުފަލުގައި ގެންގުޅޭނެ ކަމަށެވެ. އަދި ޖޮނީ ޑެޕަކީ ބޮޑު މުސްކުޅިއެއް ކަމަށްވެސް އެ ވޮއިސްގައި ބުނެފައިވެއެވެ.

މި ވޮއިސް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.

އެމްބަރ ކުރެން ސައުދީ ރައްޔިތަކު ކައިވެންޏަށް އަހާފައިވާއިރު ޖޮނީ ޑެޕް ވަނީ އެމްބަރ ގެ މައްޗަށް އަބުރުގެ ކޭސްއެއް ކާމިޔާބުކޮށްފައެވެ. އެ ކޭސް ޖޮނީ ޑެޕަށް ކާމިޔާބުވުމުން އެމްބާ ޖޮނީއަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް