އަންނަ އަހަރު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޖަވާން" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
ޝާހްރުކް ޚާން އެކްޓްކުރާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާއްމުކުރީވެސް ޝާހްރުކް ޚާންގެ އިންސްޓަގްރާމް ޕްރޮފައިލްގައެވެ.
ޖަވާން އަކީ ތަމަޅަ ފިލްމު ޑައިރެކްޓްކުރުމުގައި މަޝްހޫރު އަރުން ކުމާރު (އަޓްލީ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާން އެވެ.
މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުގެ އިތުރުން ޓައިޓަލް އެނައުންސްމަންޓް ވީޑިއޯއެއްވެސް އާއްމުކޮށްފައިވެއެވެ.
އެ ވީޑިއޯއިން ފެންނަނީ ޒަހަމްވެ ބެންޑޭޖް އަޅާފައިވާ ހާލު ބަޑިއެއް ހިފައިގެން ޝާހްރުކް ޚާން ކަމަކަށް ތައްޔރުވާ މަންޒަރެވެ.
އަންނަ އަހަރުގެ ޖޫން ދޭއްގައި ރިލީޒް ކުރުމަށް ނިންމާފަައިވާ މި ފިލްމަކީ އެކްޝަން، އިމޯޝަން އަދި ޑްރާމާ އެކުލެވިގެންވާ ފިލްމެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު އަޓްލީ ބުނެފައިވެއެވެ.
މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނައިރު މި ފިލްމުގެ އިތުރުން ޝާހްރުކް ޚާންގެ އިތުރު ދެ ފިލްމެއް އަންނަ އަހަރު ރިލީޒްވާނެކަމަށް ބެލެވެއެވެ. އެއީ ފިލްމު "ދުންކީ" އާއި ފިލްމު "ޕަޓާން" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް