މިއަދު ކޯވިޑް ޖެހުނީ 590 މީހުންނަށް، މާލެއިން 389، އަތޮޅުތެރެއިން 195

ރާއްޖެއިން އިތުރު 590 މީހުން ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވީ 389 މީހުން ކަމަށެވެ. އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ 195 މީހުންނެވެ. ދެން މިއަދު ކޯވިޑް ޖެހިފ...

05 Jun 2021 | 17:05

ރާއްޖެއިން އިތުރު 590 މީހުން ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވީ 389 މީހުން ކަމަށެވެ. އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ 195 މީހުންނެވެ. ދެން މިއަދު ކޯވިޑް ޖެހިފައިވަނީ ރިސޯޓުތަކުން ހަ މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،256 ސާމްޕަލެވެ.

މިވަގުތު ކޯވިޑް ޖެހިގެން 20،014 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންް ދަނީ 191 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންްގެ ތެރެއިން ރަނގަޅުވެފައިވަނީ 47،333 މީހުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދުގެ މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައި އެވެ. ރާއްޖެއިން ކޯވިޑްގައި މަރުވެފައިވަނީ 182 މީހުންނެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 67،537 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް