ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމާއި އޭނާގެ އަނބިކަނބަލުން ޝަޖާން މުއާޒަށް ބަޔަކު ހަމަލާދޭން މަސައްކަތްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެމްޕީ ހައިތަމާއި އަނބިކަނބަލުންނާއި ބަޔަކު ދިމާކޮށްލައި އަޑުގަދަކޮށް އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މިކަމުގައި އެމްޕީ ހައިތަމްގެ ބަހެއް ހޯދާލަން ދުވަހުން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. ނަމަވެސް ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ހައިތަމް ވިދާޅުވެފައިވަނީ އެ ދެމަފިރިކަނބަލުން ދިރިއުޅުއްވާ އެޕާޓްމަންޓް ުންނަ އިމާރާތުން ބަޔަކު އެ ދެމަފިރިކަނބަލުންނާ ދިމާކޮށް ބިރުދައްކައި ހަމަލާދޭން އުޅުނު ކަމަށެެވެ. އެޕާޓްމަންޓަށް ވަންނަންވެސް މަސައްކަތް ކުރި ކަމަށެވެ.
އަނބިކަނބަލުން އިންނެވީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ ކަމަށާއި މިކަމުގެ ސަބަބުން ލިބުނު ޝޮކަކާއެކު ބަނޑަށް ތަދުއަރައި، މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވާކަމުގައިވެސް ރާއްޖެއެމްވީއަށް ހައިތަމް ވިދާޅުވެފައިވެއެވެ.
އެމްޕީ ހައިތަމް އާއި ޝަޖާން ކައިވެނިބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް