ކުޅުދުއްފުށި ސިޓީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގާ ތިންވަނަ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ސިޓީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގާ ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ. މިއަދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި 2021 މެއި 29 ވަނ...

05 Jun 2021 | 15:51

ކުޅުދުއްފުށި ސިޓީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގާ ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި 2021 މެއި 29 ވަނަ ދުވަހުގެ ރޭ މީހަކަށް އަނިޔާކުރި މައްސަލައާއިގުޅިގެން ކޯޓު އަމުރެއްގެދަށުން 19 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ.

މިއަދު ތިންވަނަ މީހަކު ހައްޔަރުކޮށްފައިވާއިރު ޖޫން އެއްވަނަ ދުވަހު މި މައްސައާއި ގުޅުންހުރި ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. ކުރިން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ. މީހާ ރަހީނުކުރަން ބޭނުންކުރި ކާރުވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ދެމީހުންގެ ބަންދަށް ޖެހިގެން އައި ދުވަހު 15 ދުވަހުގެ މުއްދަތެއް ޖަހާފައިވެއެވެ.

ފުލުހުން ކުރިން ބުނެފައިވާގޮތުގައި ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވާ މައްސަލައެއް ރިޕޯޓްކުރުމުން އެ މައްސަލަ އަންނަނީ ބަލަމުންނެވެ.

އަނިޔާ ލިބުނު މީހާއަށް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް