ޖެޓްސްކީއެއް ދުއްވަނިކޮށް ހިނގި ހާދިސާގައި ޒުވާނަކު ނިޔާވެއްޖެއެވެ.
ށ. ފުނަދޫ ފަޅުގައި އޮތް ޖެޓް ސްކީގެއްގައި އައްސާފައި އޮތް ސީބެޑްގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ފުންމާލުމުން، ސީބެޑްގައި އޮތް ދެވަނަ މީހާ ވިއްސައިގެން ގޮސް، ގޮނޑުދޮށުގައި ހުރި ތަނބެއްގެ ދަގަނޑޫގައި ޖެހި ޒަޚަމްވެފައިވާ ކަމުގެ މައުލޫމާތި ފުލުހުންނަށް މިއަދު16:00 ގައި ލިބިފައިވާކަމަށް ފުލުހުން ބުނެއެެވެ.
އަދި ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާކަމުގައި ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.
ތަފްސީލު އަންނަނީ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް