ހުޅުމާލެއަށް ސްމާޓް ސިޓީގެ ކުލަ ޖެއްސުމަށް އެޗްޑީސީން ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް ހެދުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ އަކީ ހުރިހާ ގޮތަކުންވެސް ކުރިއަރާފައިވާ އަވަށަކަށް ހަދާ ސްމާޓް ސިޓީއެއްގެ ކުލަވަރު ޖެއްސުމަށް އަދި ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މުޖުތަމާޢުއަށް ފައ...

05 Jun 2021 | 10:07

ހުޅުމާލެ އަކީ ހުރިހާ ގޮތަކުންވެސް ކުރިއަރާފައިވާ އަވަށަކަށް ހަދާ ސްމާޓް ސިޓީއެއްގެ ކުލަވަރު ޖެއްސުމަށް އަދި ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މުޖުތަމާޢުއަށް ފައިދާ ހުރި ފަންނީ ދާއިރާތަކުން މީހުން ބިނާކޮށް މި ފަރާތްތަކަށް ހުރި  ފުރުޞަތުތައް އިތުރުކުރުމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮފްޓްވެއަރ ޑިވެލޮޕާސް ޕޫލްއެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހި ޑިވެލޮޕަރުންނަށް ފުރުޞަތުތައް އިތުރުކޮށްދީ އެ ކޯޕަރޭޝަންގެ މަސައްކަތްތަކުގައި ގިނަ ފަންނީ ދިވެހިން ބައިވެރިކުރުވުން ކަމަށް އެޗްޑީސީން ބުނެއެެވެ. އަދި މި މަސައްކަތަކީ އެ ކޯޕަރޭޝަންގެ ޙިދުމަތްތަކާއި ފަންނީ އެހީތެރިކަން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ‘ގޯ ބިޔޯންޑް’ ހުޅުމާލޭގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެ ކުންގު ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ލިބިގެންދާނެއެވެ. އަދި މިފަދަ ފަރާތްތަކަށް ޕޫލް އެކުލަވާލުމުގައި ޙާއްސަ އަހައްމިއްޔަތު ކަމެއް ދެވިގެން ދާނެ ކަމުގައި ދަންނަވަމެވެ. މީގެ އިތުރުންވެސް ޓީ.އޯ.އާރ އަށް ޕްރޮޕޯސަލް ހުށަހެޅުމުގައި އެކުލަވާލާ ޓީމުގެ މެމްބަރުންނަކީ ދިވެހިން ކަމުގައި ވާންޖެހޭނެއެވެ. ނަމަވެސް ކޮންސަލްޓަންސީގެ ގޮތުގައި ބޭރު ފަރާތްތައް ހިމެނިދާނެ ކަމުގައި ފާހަގަކުރަމެވެ. މިގޮތަށް މިކަން ކަނޑައެޅިފައިވަނީ ދާއިރާގައި މަސައްކަތް ކުރުމުން އަންނަ ގިނަ ދިވެހިންނަށް ފުރުޞަތުތައް އިތުރު ކުރުމަށެވެ." އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޓީ.އޯ.އާރް އާއި އެއްގޮތަށް 14 ޖޫން 2021 ގެ 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ޕޫލާއި ބެހޭ އިތުރު މަޢޫލޫމާތު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް