އިސްލާމް ދީނަށާއި މާތް ﷲ އާއި ކީރިތިި ރަސޫލާ މުހައްމަދު (ޞ) އަށް ފުރައްސާރަކުރާ މީހަކާ ދިމާލަށް އެއީ ލާދީނީ މެހެކޭ ނުވަތަ ދީނާ ދެކޮޅު މީހެކޭ ނުބުނެވޭނެ ގޮތެއް ނެހެދޭނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން މިހެން ބުނީ، ގާނޫނު ނަމްބަރު 9/2014 (ގާނޫނުލްއުގޫބާތު) އަށް އިސްލާޙް ގެނެއުމުގެ ބިލުގައި ނަފުރަތު އުފެދުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ހުށައަޅާފައި ވާތީ އެކަމާ މެދު އެ ޕާޓީން ދެކޭ ގޮތް ހާމަކުރުމަށް ނެރުނު ބަޔާނެއްގައެވެ.
ޖޭޕީގެ ބަޔާމުގައި ބުނީ، މުސްލިމަކަސް އޮޅުމަކުން ބަހެއް ބުނެވިދާނެ ކަމަށެވެ. އެކަމަކު މުސްލިމަކީ އެފަދަ ބަސްތައް ތަކުރާރު ކުރާނެ މީހެއް ނޫން ކަމަށާއި، ބުނާ ބަހުން އިތުރު މާނަތައް ދޭހަވާ ގޮތަށް ދީނުގެ ވާހަކަތައް ދައްކައި ދީނުގެ ކަންކަން އޮޅުން އަރާފާނެ ގޮތަކަށް މަސައްކަތް ކުރާނެ މީހެއް ނޫން ކަމަށެވެ. ބަޔާނުގައި ބުނީ، ފާޅުގައި އިސްލާމް ދީނަށް ގޮންޖަހައި ފުރައްސާރަ ކުރާ މީހެއް ނަމަ އިސްލާމީ ޖަމާއަތަކުން އެ މީހަކު ހިމާޔަތް ވެސް ނުކުރާނެ ކަމަށެވެ.
"ތިމާއަކީ މިސްލިމަކަު ކަމަށް ބުނާ މީހަކު މާތް ﷲ ތައާލާގެ ހަޟްރަތަށާއި އެކަލާނގެ ރަސޫލާއަށް ކުޑައިމީސްކޮށް ބަސްބުނެ، ކީރިތި ގުރުއާނާއި އިސްލާމް ދީނުގެ ހުކުމްފުޅުތަކަށް ގޮންޖަހައި ކުޑައިމީސްކޮށް، ޑިނުގައި ކުރުން ލާޒިމު ކަންކަން ކުރަން ނުޖެހޭ ކަމަށް ބުނާ ނަމަ، އަދި މާތް ﷲ ބާވާލެއްވި ހުކުމްފުޅުތަކަށް ވުރެ މޮޅު ގޮތް އެ މީހަކަށް އެނގޭ ކަމަށް ބުނާ ނަމަ، އެ މީހަކީ އިސްލާމް ދީނާ ދެކޮޅު ލާދީނީ މީހެއް ކަމަށް މުސްލިމުން ބުނާނެއެވެ. ޢައިރު މުސްލިމުން އެ މީހަކަށް ތައުރީފުކޮށް މެޑަލްތަކާއި އިއްޒަތް ވެސް ދޭނެއެވެ." ޖޭޕީގެ ބަޔާނުގައި ވެއެވެ.
ޖޭޕީން ބުނީ، ކަންކަން ހުރީ މި މަގުން ކަމަށް ވުމުންޝައިތާނާ އިއްޒަތާއި ޝަރަފުގެ ތާޖުދޭ ހިސާބަށް އެއްވެސް މީހެއްގެ ކަންކަން ހިންގައްޖެ ނަމަ އެ މީހަކަށް ބުނަން އޮތް ހައްގުބަސް މުސްލިމުން ބުނާނެ ކަމަށެެވެ. އަދި އިއެީ ފާސްކުރާ ގާނޫނަކުން މަނާކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ
މަޖިލީހަށް ހުށައަޅައިގެން އުޅޭ ބިލަކީ ކޮން ބަޔަކަށް ހިމާޔަތް ދޭން ހުށައެޅި ބިލެއްތީ ޖުމްހޫރީ ޕާޓީން ވަނީ ސުވާލު އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް