ފަތުރުވެރިކަމުގެ ރަން ޔޫބިލް ފާހަގަކުރުމަށް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލް، ކުލަގަދަކޮށް ފާހަގަކުރުމަށް "ޓޫރިޒަމް ގޯލްޑަންޖުބްލީ ސްޓިއަރިންގ ކޮމިޓީ"ގެ ނަމުގައި ހާއްސަ ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލައިފިއެވެ. މި ކޮމ...

05 Jun 2021 | 06:25

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލް، ކުލަގަދަކޮށް ފާހަގަކުރުމަށް "ޓޫރިޒަމް ގޯލްޑަންޖުބްލީ ސްޓިއަރިންގ ކޮމިޓީ"ގެ ނަމުގައި ހާއްސަ ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލައިފިއެވެ. މި ކޮމެޓީ އެކުލަވާލާފައިވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ.

މި ކޮމިޓީ އެކުލަވާލުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ރާވައި ހިންގުމެވެ. ނުވަތަ  ފަތުރުވެރިކަމުގެ ސިނާއަތާއި މި ސިނާއަތާއި ގުޅިފައިވާ އެހެން ފަރާތްތަކުގެ ބައިވެރިވުން އޮންނަ ގޮތަށް ރާއްޖޭގެ ސިޓީތަކާއި، އަތޮޅުތަކުގައި ތަފާތު ހަރަކާތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމުން މިކަމާ ގުޅިގެން ބުނެފައި ވަނީ، މިކޮމިޓީގެ ފުރަތަމަ ބައްދަލުވުގައި މި މުނާސަބާ ފާހަގަކުރުމަށް ކުރިއަށްގެންދަން ގަސްދުކުރާ ހަރަކާތްތަކުގެ ކަލަންޑަރާއި ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ރަންޔޫބީލްގެ މައިގަނޑު ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ހަރަކާތައް ހިންގުމަށް ބޭނުންވާ ބަޖެޓާއި އިންތިޒާމުތަކާއި ގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ބަދަލު ކުރެވުނުކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް