ރޭގައި އިއުލާނުކޮށްފައިވާ މަރުތަކުގެ އިތުުރުން ފަސް މަރެއް އެޗްޕީއޭއިން މިއަދު އިއުލާނުކޮށްފިއެވެ.
އެއީ ރޭ 11:34 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން 72 އަހަރުގެ ދިވެހި އަންހެނެއްގެ މަރާއި ދަންވަރު 12:42ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވި އުމުުރން 64 އަހަރުގެ ދިވެހި ފިރިހެނެއްގެ މަރާއި ދަންވަރު 12:52 ގައި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި 79 އަހަރުގެ ދިވެހި އަންނެއްގެ މަރާއި ފަތިހު 4:19ގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށް ނިޔާވި އުމުރުން 28 އަހަރުގެ ދިވެހި އަންހެނެއްގެ މަރުގެ އިތުރުުން މިއަދު ހެނދުނު 07:17ގައި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުުރުން 68 އަހަރުގެ ދިވެހި އަންހެނެއްގެ މަރެވެ.
މި މަރުތަކާއެކު ކޮވިޑުގައި ރާއްޖެއިން ދުނިޔެ ދޫކުރި މީހުންގެ އަދަދު މިވަނީ 182 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް