ކޮވިޑަށް ޕޮޒިޓިވް ވާ ފަރާތްތަކުން ބޭނުންވަގުތަކު އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމެއް މާލެ ސަރަހައްދުގައި ހަމަޖެހިގެންދާނެކަމުގައި ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ކޮވިޑުގައި ނިޔާވި، އުމުރުން 11 އަހަރުގެ މިޝްކާ މުހައްމަދުގެ ކޭސް ރިވިއުގައެވެ.
އެ ރިވިއުގައި، މި ހާދިސާއާއި ގުޅިގެން ދެވަނަ ފަހަރަށް މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރެވެމުން އަންނަ ކަންކަން ފާހަގަކޮށްފައިވާއިރު ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ފަރާތްތައް، ޑަކުޓަރަށް ދައްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަމަޖައްސައި އެތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން ކަމުގައި ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ. އަދި މި ތަންތަނަށް ކޮވިޑަށް ޕޮޒިޓިވް ވާ ފަރާތްތަކަށް "ވޯކް އިން" ކޮށްގެން ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގައިވެސް ބުނެފައިވެއެވެ.
މި އިންތިޒާމު ހަމަޖައްސާނެކަމަށް ބުނެފައިވާއިރު މިހާރުގެ ހާލަތުގައި ނަމަ ކޮވިޑް ޕޭޝަންޓެއްގެ ހާލު ދެރަވިޔަސް ހޮސްޕިޓަލަށް ދިއުން އެއީ އޮންނަ އިހުތިޔާރެއް ނޫނެވެ. އޮންނަ އުސޫލުގެ ތެެރެއިން އެޗްޕީއޭއަށް ގުޅައި، އެމްބިއުލާންްސް ފޮނުވުމުން ނޫނީ ފަރުވާއާއި ހަމައަށް ވާސިލެއް ނުވެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް