ކޮވިޑުގައި ހާލު ދެރަވެ ދާންދޫން މާލެގެނައި ޒުވާން އަންހެނަކު ނިޔާވެއްޖެ

ކޮވިޑުގައި ހާލު ދެރަވެގެން، ގއ. ދާންދޫން މާލެ ގެނައި ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ މަރިޔަމް އިބްރާހިމް (މަރީ) އެވެ. ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއ...

05 Jun 2021 | 02:49

ކޮވިޑުގައި ހާލު ދެރަވެގެން، ގއ. ދާންދޫން މާލެ ގެނައި ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ މަރިޔަމް އިބްރާހިމް (މަރީ) އެވެ. ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ފަރުވާދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައެވެ.

މަރީގެ އާއިލާ މީހަކާއި ހަވާލާދީ ވަން އޮންލައިންގައި ރިޕޯޓްކޮށްފައިވާގޮތުގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ކޮވިޑުގެ އަލާމާތްތައް ފެނިގެން 16 ވަނަ ދުވަހު ސާމްޕަލް ނެގިއެވެ. ހާލު ދެރަވާން ފެށުމުން ދާންދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރީ އޭގެ ތިން ދުވަސް ފަހުން ކަމަށް ބުނެފައިވެއެެވެ.

މަރީގެ ހާލު އިތުރަށް ގޯސްވެ އެ އަތޮޅު ވިލިނގިލީގައި ހުންނަ ހޮސްޕިޓަލުންވެސް ފަރުވާ ހޯދާފައިވެއެވެ. މާލެ ގެނައީ ވެންޓިލޭޓަރު ގުޅިގެން ކަމަށާއި ފްލައިޓްތެރޭގައި ވެންޓިލޭޓަރުގެ ބެޓެރީ ދަށްވުމުން އޮކްސިޖަން ދިނުމަށް ޕަމްޕެއް ބޭނުންކުރި ކަަމަށްވެސް ވަންގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮވިޑުގައި އުމުރުން 28 އަހަރުގެ މަރީ ދުނިޔެ ދޫކޮށްފައިވާއިރު މިއީ ރާއްޖޭގައި ކޮވިޑުގައި ދުނިޔެ ދޫކުރި 181 ވަނަ ފަރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް