މާލެ ރޯމަސްމާރުކޭޓްގައި މަސްވިއްކަން އެދޭފަރާތްތަކުން އެކަމަށް އެދި ރަޖިސްޓަރީ ވުމަށް މާލޭ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މިކަމަށް އެދޭފަރާތްތަކުން ހުށަހަޅުއްވާ ސިޓީއާއި އެކު އެފަރާތުން މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ އާއި، މަސްވިއްކަން އެދޭފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވާކަމަށެވެ.
ސިޓީ ބަލައިގަންނާނީ އިއްޔެއިން ފެށިގެން ( ހުކުރު ދުވަސް ފިޔަވައި ) ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 ށް މާލޭ ސިޓީކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭބަޔާއި، ދަތުރުވެރިންގެ މާރުކޭޓް އޮފީހަށް ކަމަށާއި އަދި މެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މެއިލް ކުރައްވާނީ ) [email protected] ) މެއިލް އަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. ސިޓީބަލައި ގަތުމުގެ އެންމެ ފަހު ތާރީޚް އަކީ 2021 ޖޫން 10 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް