މިއަދި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން މިހެން ބުނެފައިވަނީ މިއަދުގެ މޫސުން ހަވީރު 06:00 އާއި ހަމައަށް ލަފާކޮށް ނެރެފައިވާ ދުވަހުގެ މޫސުމީ ބުލެޓިންގައެވެ.
ބުނެފައިވަނީ ދެކުނުގެ ބައެއް ރަށްތަަކށް ވިއްސާރަކުުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި އެހެން ހިސާބުތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް އަންދާޒާކޮށްފައިވެއެެވ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ބުނެފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަަށާއި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުުވުމަށް މެޓް އޮފީހުން އިސްތިމާސްކޮށްފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަކީ، ލ. އަތޮޅާއި ގއ، ގދ. އަތޮޅާއި، ފުވައްމުލައް އަދި އައްޑޫ ސިޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް