ވަކީލު މާނު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު (މާނު) ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ. އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 10...

05 Jun 2018 | 17:38

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު (މާނު) ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 10:00 އަށެވެ. އެކަން މާނު ވަނީ ޓުވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ ދޮގު މައުލޫމާތު ފެތުރި ކަމުގެ ތުހުމަތެވެ.

މާނު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ ފޮނުވި ޗިޓުގައި ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ދެއްވި އިންޓަވިއުއެއްގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހެއްކާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ.

https://twitter.com/maanhameed/status/1003946345999110144

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް