އުރީދޫ މަސް ރޭހުގެ ދެވަނަ ފައިނަލިސްޓުންނަށް ޓީމް މިލައިދޫ އާއި ތާޖް އެގްޒޯޓިކާގެ ޓީމު ހޮވިއްޖެ އެވެ.
މި ދެ ޓީމު ފައިނަލަށް ދިޔައީ ޓީމް ނަލަހިޔާ އާއި ޓީމް އެމްޕީއެލް އާއި ވާދަކޮށްގެން ނެވެ. ޖުމްލަ ހަ ޓީމު ވާދަ ކުރާ އުރީދޫ މަސް ރޭހުގެ ފައިނަށް ދެން ގޮސްފައިވަނީ މިލަހަނި ކުޑަ ބަނޑޮސްގެ ޓީމާއި ޓީމް ސްޓެލްކޯ އެވެ. އަދި ދެ ޓީމު ފައިނަލަށް ދާނެ އެވެ.
ސެމީ ފައިނަލްގެ އިވެންޓުތައް ކުރިޔަށް ދަނީ ބްރިޖު ވިއު ޕްލެޓް ފޯމުގައި ހަބޭސް ބޮޑު ބެރު ގްރޫޕުގެ ލައިވް ޕާފާމަންސްވެސް ކުރިޔަށް ދެ އެވެ. މި މުބާރާތުގެ ސެމީފައިނަލްގެ ތިންވަނަ އިވެންޓް ވަނީ ޖޫން ހަ އެއްވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަ ޖެހިފައިި އެވެ.
އެރޭގެ ސެމީ ފައިނަލްގައި ވާދަ ކުރާނީ ޓީމް ކޯސްޓްލައިން, ޓީމް އެޗްޑީސީ، ޓީމް އަމާރީ އަދި ޓީމް އެންސިސް، އަދި ޓީމް ކޮންރެޑް އެވެ.
އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރު އުރީދޫ މަސް ރޭސް ކުރިޔަށް ގެންދަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި އޮފީސްތަކާއި ކުންފުނިތަކާއި ރިސޯޓުތަކުން ބައިވެރިވެފަވެ އެވެ.
އޭޕްރިލް މަހު ފެށި މި މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް