`ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެމަގާމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވަނީ އައްޑޫ ސިޓީ މީދޫ ކެނެރީވިލާ މުޙައްމަދު ޖުނައިދު އެވެ. ރައީސް އޮފީހުން ބުނީ ޖުނައިދު އެ މަގާމަށް އައްޔަން ކުރެއްވީ ގާނޫނު ނަންބަރު 2011/8 ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ށ. ގެ ދަށުންނެވެ.
ޖުނައިދުއަށް މަގާމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ދީދީ އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ އޮސްޓްރޭލިޔާގެ މެލްބަންއަށް ކަނޑައަޅުއްވާ ޓްރޭޑް ރިޕްރެޒެންޓެޓިވްގެ މަގާމަށް އައްޔަން ކުރަން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން އިބްރާހީމް ޝަރީފް މުޙައްމަދު، ހަތަރެއް ޖޫން 2018 ގައި ވަކިކުރެއްވުމަށް ފަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް