ލުއިލޯނު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އެޕްރީލް މަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް މިއަދު ހޮވައިފިއެވެ. މި ޕްރޮމޯ...

05 Jun 2018 | 08:08

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އެޕްރީލް މަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް މިއަދު ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ  އައިޝަތު ޒީނާ، މެޑޯޒް، ށ. މިލަންދޫ އެވެ. ބޭންކުން ހާމަކޮށްފައިވާގޮތުގައި އޭނާ އަށް 50،000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.

ބީއެމްއެލް އިން ހިންގި ލުއި ލޯނު ޕްރޮމޯޝަންގެ މުއްދަތުގައި 2300 އަށް ވުރެ ގިނަ އަމިއްލަ ފަރުދުންނަށް ބީއެމްއެލް އިން ވަނީ ލުއި ލޯނު ދޫކޮށްފައިވާކަމުގައިވެސް ބޭންކުން ބުނެ އެވެ.

20،000 ރުފިޔާއިން އިން ފެށިގެން 100،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިން ދޫކުރާ ލުއި ލޯނުތަކަށް ރަހުނު ގޮތުގައި އެއްވެސް ހަރުމުދަލެއް ބަހައްޓަން ނުޖެހޭއިރު ގެރެންޓާއެއްވެސް އަދި ކޮޓޭޝަނެއްވެސް އެ ލޯނު ހޯދުމަށް ހުށަހަޅަން ނުޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް