ރާއްޖޭގެ ގައުމީ ޓީމުތަކުގެ ޖާޒީ ފަރުމާ ކުރުމުގެ އާންމުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
ބީއެމްއެލްއިން ބުނީ އެ ފުރުސަތު އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު އެއްވަނަ އަށް ދާ ފަރާތަކަށް 25،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ ކަމަށެވެ. ބީއެމްއެލްއިން ބުނެފައިވަނީ ޖާޒީ ފަރުމާކުރަން އާންމުންނަށް ހުޅުވާލީ ތަފާތު ހުނަރުވެރިންނަށް ރާއްޖޭގެ ގައުމީ ޓީމުގެ ތާރީހުގައި ނަން ލިޔެލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ޖާޒީ ފަރުމާ ކުރުމަށް ފަހު އެ ޑިޒައިނެއް ޕީޑީއެފް ފޯމެޓްގައި ދިހަ އެމްބީއަށްވުރެ ފައިލް ސައިޒް ކުޑަކޮށް ބީއެމްއެލްގެ މެއިލް އަށް މެއިލް ކުރާށެވެ. ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގައުމީ ފުޓުބޯޅަ ޓީމުގެ ސީނިއާ ޓީމުގެ ޖާޒީ، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޖާޒީ އަދި ސީނިއާ އަންހެން ފުޓުބޯޅަ ޓީމުގެ ޖާޒީގައި ބޭނުން ކުރާނެ ޑިޒައިނެކެވެ.
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ސްޕޮންސާ، ބީއެމްއެލްއިން ބުނެފައިވަނީ އެއްވަނައަށް ހޮވޭ ލޯގޯ ކަނޑައަޅާނީ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށާއި، އެއްވަނައަށް ހޮވޭ ޖާޒީ އިއުލާންކުރާނީ މިމަހު 21 ވަނަ ދުވަހު، އެ ކުންފުނީގެ ރަސްމީ ފޭސްބުކާއި ޓްވިޓާގައި ކަމަށެވެ.
ޑިޒައިން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 13 ވަނަ ދުވަހެވެ. ޖާޒީގެ ފަރުމާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ އިތުރު ތަފްސީލު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެވެ.
ޑިޒައިން ފޮނުވާނީ:
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް